ގުޅީފަޅުން ގޯތި ލިބުނު ފަރާތަކާއި ގޯތި ހަވާލު ކުރުމަށް، އިން ވަކިކޮށްފައިވާ ބަންޑާރަ ގޯތިތަކެއް - ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލޭ ރައްޔިތުންނަށް ދޫކުރާ 9031 ގޯތީގެ ތެރެއިން 6500 އަސް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައްގުވެރިންނާއި ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ފަތް ހައްގުވެރިންނާއި ހަވާލުކުރެވިއްޖެ ކަމަށެވެ. މަސައްކަތުގެ އެކި މަރުހަލާގައިވާ ޖުމްލަ 7700 ފުލެޓުގެ މަސައްކަތް މާލޭ ސަރަހައްދުގައި މިހާރު ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން ފާއިތުވި ފަސް އަހަރު 2732 ހައުސިން ޔުނިޓް އެކި މަރުހަލާތަކުގައި ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުން ހުޅުމާލޭން 1351 ގޯތި ދޫކުރާއިރު ގުޅީފަޅުން 2219 ގޯއްޗާއި ގިރާވަރުފަޅުން 5433 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. ގުޅީފަޅުން 2219 ގޯއްޗާއިނ ގިރާވަރުފަޅުން 5433 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *