އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު

ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ލިބޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވެވުމަށް، ސޯޝަލް މީޑިއާގައި އާންމު ކުރެވި ކުރު ވީޑިއޯއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ލިބިގެންދާނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ޤައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި، އެންމެން އެކަތިގަނޑަކަށްވާ ޖެހޭ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ދުވަހުގެ ތަހްނިޔާ އާއި އެކު އެގޮތުގައި ކުރިޔަށް ދިއުމަށް ހުރިހާ އެންމެންނަށް ޑރ. މުއިއްޒު އިލްތިމާސް ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *