ރާއްޖޭން ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގައި މަަސައްކަތްކުރައްވާ 61 ޑިޕްލޮމެޓަކު ރާއްޖެ އަނބުރާ އައުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޖިސްޓް ސަފާތު އަހުމަދު ޒާހިރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައި ދިނުމަށް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވާ ކަމަށެވެ. އަދި އެދުވަހުގެ ކުރިން 61 ބޭފުޅަކު ވަޑައިގަތުމަށް މިހާރު ވަނީ ދެންނެވިފައިކަމަށް ސަފަތު ވިދާޅުވިއެވެ.

މިޝްންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންކަމަށްވުމާއިއެކު ސިޔާސީ މަގާމުތަކުގައ ތިބި މީހުން ވަޒީފާއިން ވަކިކުރެއްވުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރާ ކަމެކެވެ.

އެގޮތުން އިންތިހާބީ ރައީސް ޑރ.މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިޝަންތަކުގައި މަސައްކަތް ކުރައްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *