ނޮވެމްބަރު 17ގައި ރިޔާސީ ދައުރު ފުރިހަމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެއިން އެހެން ގެކޮޅަަކަށް ދިރިއުޅުން ބަދަލުކުރައްވައިފިއެވެ.

ނޮވެމްބަރު 17, 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުން ރައީސް ސޯލިހުގެ ދެކަނބަލުން ބަދަލުވެވަޑައިގަތީ މ. ސަނީ އިން އަށްކަމަށާއި އެއީ, ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ވެސް ދިރިއުޅުއްވަމުން ގެންދަވާ ގެ ވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވާނެ ގެކޮޅެއް މިހާތަނަށް އެމަނިކުފާނުގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *