ޕީޕީއެމް ޕީއެންސީން މިއަދު މަޖިލީހުގައި ހަޅުތާލުކުރައްވަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމުގެ ސަބަބުން އެޓާނީ ޖެނެރަލްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 2018 ވަނަ އަހަރު މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބަ އޮތް ކަމަށެވެ.

މިއީ އެ އޮފީހުން ނުހަނުބ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެތެރެއިން 2 ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވަވާ އޮތްއިރު، މިހާތަނަށް މަޖިޅީހުން ފާސްނުވެ އޮތީ އެއް ބިލެވެ.

މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި ހުރި ބިލުތަކުގެތެރޭގައި މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނޭ ކަމަށް އޭޖީ އޮފީހުން މަޢުލޫމާތުދެއެވެ.

އަދި ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި އޮތްކަން އޭޖީ އޮފީހުން  ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއްގެ މަސައްކަތް ވެސް ނުނިމި އޮތްކަމުގެ ކަންބޮޑުވުން އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ފާޅުކޮށްފައެވެ.

މި ބިލުތަކަކީ ކޯޓުތައް އިސްލާހުކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ބިލުތަކެއްކަމުގައި އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *