ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތް ބަދަލުވެ، އެފަދަ މީހުން މިހާރު މުޖުތަމަޢުއިން ބަލައި ގަންނަމުންދާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ކެއާ ސޮސައިޓީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓާރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ 25 އަހަރުކުކުރިން ކެއަރ ސޮސައިޓީ އުފެދިގެން އައި ދުވަސްވަރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއިމެދު މުޖުތަމަޢު ދެކޭގޮތާއި، އެފަދަ މީހުން ބަލައިގަންނަގޮތް، މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި ކަމުގައި ހޭލުންތެރިކަން ހުރި މިންވަރު މި މުޖްތަމައުއަށް ބަލާލުމުން ފެނިގެން ދާކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ކަމެއް ހާސިލް ވެގެން ދަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަމަށާއި، އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތް ބަދަލުވީ އަމިއްލަ ޖަމުއިއްޔާތަކާއި ސަރުކާރުތަކުން ކުރި މަސައްކަތުންކަން ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ މަސައްކަތަކީވެސް އެކުވެރިކަމާއިއެކު އެއްބައިވަންތަކަމާއެކު ކޮށްފިނަމަ ކާމިޔާބު ވާނެ ކަމެއްކަމަށާއި، މިފަދަ މަސައްކަތެއްގައި ބޭނުންވަނީ މުޖްތަމައުގައި ބޭނުންޖެހިފައި ތިބި ފަރާއްތަކަށް އަޅާލާނެ ބަޔަކުކަމަށް ނާއިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑްގެ ޗެއާޕާސަން އިސްމާޢީލް އަދުހަމް ވިދާޅުވީ،

ކެއާ ސޮސައިޓީ އުފެދުނީންސުރެ އެންމެ ބޭނުންވީ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ މުޖްތަމައުގެ ބައެއްގެ ގޮތުގައި އަދި މުޖްތަމަޢު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުންކަމަށް، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑްގެ ޗެއާޕާސަން އިސްމާޢީލް އަދުހަމް ވިދާޅުވިއެވެ.

އަދި މީގެ 25 އަހަރު ކުރިއަށް ބެލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހާ ބޮޑު އަހަންމިއްޔަތުކަމެށް ދީފައި ނުވާކަމަށް އަދުހަމް ވިދާޅުވިއެވެ. އެހެންނަމަވެސް އަދުގެ މި މުޖްތަމައުއަށް ބަލައިފިނަމަ ސުކޫލްތަކުގައިވެސް އެނޫން ތަންތަނުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖްތަމައުގައި ބަލައިގަންނަ ބަޔަކަށް ވެގެން ގޮސްފައިވާކަމަށް އަދުހަމް ވިދާޅުވިއެވެ.

އެގޮތުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަދުހަމް ވަނީ ސިފަކުރައްވާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *