ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ޕޮއިންޓު ދިން ގޮތާމެދު ހިތްހަމަ ނުޖެހި އިހުތިޖާޖު ކުރަނީ -- ފޮޓޯ: މިހާރު

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފާއިތުވި ހަފްތާގެ ހޯމަ ދުވަހު ނެރުނު ލިސްޓާމެދު ހިތްހަމަ ނުޖެހި ގިނަ ބަޔަކު އިހުތިޖާޖު ކުރުމުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އާދިއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ފުޅުވާލި ފުރުސަތުގެ މުއްދަތު މިއަދަށް ހަމަވާއިރު، އެ މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން މަޢުލޫމާތުދެއެވެ.

މި މުއްދަތު އިތުރުކޮށްފައިވަނީ މާދަމާރޭ 23:59 އާ ހަމައަށެވެ. ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަޅަހަނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

ޝަކުވާ ހުށަހަޅަން ހުޅުވާލިތާ 2 ދުވަސްތެރޭ ތިން ކޮޓަރީގެ ފްލެޓުތަކަށް 2000 އެއްހާ ޝަކުވާ ހުށަހަޅާފައިވާ ކަމަށް، ޝަކުވާ ހުށަހެޅުމާ ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު އިޢުލާނުކޮށްފައިވާ ލިސްޓަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އާރިފް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *