އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާރޖްކޮށްގެން ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަން މިއަދު އިއުލާންކޮށްފިއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭ އިރު ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ނަސީބުވެރި ފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު މި ޕްރޮމޯޝަނުން ވަނީ ހުޅުވާލައިފިއެވެ.

ރީޗާޖް ކުރާ ފަރާތްތަކުގެ ވީކްލީ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަމަޖެހިފައިވާ އިނާމުތަކަކީ:

  • ޕްރޮމޯޝަނުގެ މުއްދަތުގައި 20 ރުފިޔާ އާއި އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް "ގްރޭންޑް ޕްރައިޒް ވިނަ" ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭނެ
  • ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް "ވީކްލީ ވިނަ" ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު
  • މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބިގެންދާނެ

އުރީދޫން ބުނީ މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވިގެން ދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *