އއ.ކުނބުރުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 21.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން 24،00 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި، 430 މީޓަރު ސަރަހައްދެއްގައި ބޮޑު ހިލާގެ ރިވެޓްމެންޓް ޖެހުމާއި، 280 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި އަދި 7117 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން ހިމެނެއެވެ.

640 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫއަކީ އަރިއަތޮޅަށް ނިސްބަތްވާ ރީތި ތުނޑިއެއް އޮންނަ ހިތްގައިމު ކުޑަ ރަށެކެވެ. ރަށްގިރުމުގެ ބިރުވެރިކަމަކީ ޒަމާނުއްސުރެއް ކުނބުރުދޫ ރައްޔިތުން ތަހައްމަލް ކުރަމުން އައިސްފައިވާ މައްސަލައެކެވެ.

މި މަޝްރޫއުގެ މަސައްކަތް މިއަދު ނިންމާލެވިފައި އޮތުމުން ކުނބުރުދޫ ރައްޔިތުންންނަށް ޒަމާންވީ ތަކުލީފުތަކަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަން ލިބިގެންދާނެކަމަށް އެމްޓީސީސީް ދެކޭކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *