މި އަހަރުގެ 3 ވަނަ ކުއާޓާގެ އާމްދަނީގެ ގޮތުގައި އުރީދޫ މޯލްޑިވްސްއަށް 523.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން ނެރެފައިވާ އެ ކުންފުނީގެ މިއަހަރުގެ 3 ވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 4.4 އިންސައްތަ އިތުރުވެފަ އެވެ. 2 ވަނަ ކުއާޓާގައި ލިބިފައިވަނީ 501.8 މިލިއަން ރުފިޔާ އެވެ.

އުރީދޫއަށް 3ވަނަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންކަމަށްވާއިރު އޭގެން އާމްދަނީއެއްގޮތުގައި 401.7 މިލިއަން ރުފިޔާ އުރީދޫއަށް ލިބިފައިވެއެވެ. އަދި ފިކްސްޑް، ބްރޯޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތުން 122 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކުހަށް ކެނޑުމަށްފަހު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ވަނީ 167.2 މިލިއަން ރުފިޔާ ފައިދާވެފަ އެވެ. އަދި މިކަމުން ދެވަނަ ކުއާޓާއަށް ފައިދާވެފައިވަނީ 158.2 މިލިއަން ރުފިޔާއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *