ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިންޑޮނީޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ދެފަރާތުންވެސް އެކުގައި މަސައްކަތްކުރުމުގެ ގޮތުން ހެދި އެއްބަސްވުމެއްކަމަށް އޭސީސީން ބުނެއެވެ.

އޭސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ.

އޭސީސީން ބުނީ މި އެއްބަސްވުމަކީ ކޮރަޕްޝަންގެ ކުށް ތަޙުޤީގުކުރުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، މަޢުލޫމާތާއި، ތަޖުރިބާއާ އެހީތެރިކަން ބަދަލުކުރުމަށް ރަސްމީކޮށް ގުޅިގެން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އޭސީސީން ވަނީ މިފަދަ އެއްބަސްވުމެއްގައި މީގެ ކުރިންވެސް ސޮއިކޮށްފައެވެ. އެއީ މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއެކުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *