އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެލީޒް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ފްލެޓުތައް އަތުލާނެ ކަމުގެ އިޝާރާތެއް އިންތިޚާބީ ރައީސްގެ އޮފީހުން ދީފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ނާއިންސާފުން ކަމެއް ހިނގާނަމަ އެކަމަށް ފިޔަވަޅު އެޅެންޖެހޭނެކަމަށެވެ.

އެހެންކަމުން ނުޙައްޤުން ފްލެޓުތައް ދީފައިވާނަމަ، އެކަންކަން ބެލޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނުގެ ތެރެއިން އެޅޭނެ ކަމަށް ފިރުޒުލް ވިދާޅޫވިއެވެ. އަދި އެއީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް ނޫންކަން ފިރުޒުލް ވަނީ ފާހަގަކުރައްވާފައެވެ.

މި ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000 ވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފައެވެ. އަދި އޭގެތެރެއިން 13،000 އެއްހާ މީހުނެގެ ޝަރުތު ހަމަވާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ހުރިހާ ފަރާތަކަށް ފްލެޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *