ކަޓް އޮފެއް ހެދީ ނޫންކަމަށާއި، 76 މާކުސް ލިބުނު މީހުންނާއި ހިސާބުން ފްލެޓްގެ އަދަދު ހުސްވީ ކަމަށް ހައިސިންގް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ކުރއަށްދިޔަ ހައުސިންގ މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެމްބަރު މުހައްމަދު އާރިފް ވިދާޅުވީ ފްލެޓް ދީފައިވަނީ ސްކޯ ތަރުތީބުން ކަމަށެވެ. އަދި އެންމެ ފުރަތަމަ ފްލެޓް ދީފައިވަނީ އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި ކަޓް އޮފެއް ނޫންކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މިވަގުތު ދޫކުރެވެން ހުރީ 4،000 ފްލެޓް ކަމަށެވެ. އަދި އެ ފްލެޓުތައް ދޫކުރަމުން ދަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ކަމަށެވެ.

 އަދި އެ 4،000 ފްލެޓްގެ ތެރެއިން 100 ފްލެޓް ދޭން ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް ކަސްޓަމްސް އަށް ދޭން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވިއެވެ. ބާކީ ހުރި ފްލެޓުތައް ކަނޑައެޅިފައިވާ ގޮތަށް ބަހާލެވިފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް އެބައޮތްކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ޝަކުވާތަކަށް ބެލުމަށްފަހު ޑިސްކޮލިފައި ކުރަންޖެހޭ ފަރާތެއް ވާނަމަ ޑިސްކޮލިފައި ކުރާނެކަމަށެވެ. އަދި ފްލެޓްދޭން ޖެހޭ ފަރާތެއް ވާނަމަ އެފަރާތްތަކަށް ފްލެޓް ދިނުމާމެދު ގޮތެއް ވިސްނަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަދި ދެމަފިރިންނަށް ފްލެޓް ލިބިފައިވާނަމަ މިނިސްޓްރީން އެ ދެމަފިރިންނާއި ވާހަކަ ދައްކައިގެން ފްލެޓް ދޫކުރާނީ ދެބޭފުޅުންގެ ނަމުގައި އެއް ފްލެޓް ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

އެގޮތުން މިހާރު އޮތް ލިސްޓުގެ ތެރޭގައި ހުސްވާނެ ބައެއް ފްލެޓުތައް ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *