ސުޕްރީމު ކޯޓުގެ ފަނޑިޔާރު މަހާޒް

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

މިއަދު ކުރިޔަށް ދިޔަ ދެވަނަ އަޑުއެހުމުގައި ފަހު ބަސް ވިދާޅުވުމުގެ ފުރުސަތު މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތާއި މައްސަލައިގެ ތެރެއަށް ތަދައްހުލްވި ފަރާތްތަކަށް އެރުވުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލައަށް ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ވަނީ، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ބުނެފައެވެ.

މީގެ އިތުރުން މި މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވެހުރި ޕީޕީއެމް/ޕީއެންސީގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ މައްސަލަ ބެލުމަށް، ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ނެތް މައްސަލައެއް ގޮތަށް މާނަ ނުކުރެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ މަޖިލީހުގެ އެއްވެސް މަސައްކަތެއްގައި އެއްބާރުލުން ނުދޭނެކަމަށް ބުނެފައެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ ފަރާތުން 49 މެމްބަރުން ސޮއިކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *