އޮކްޓޯބަރު 7 ގައި އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް، ޣައްޒާއަށް ހަމަލާދެމުންދާތާ މިއަދަށް މަސްދުވަސްވީއިރު އިޒްރޭލްގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީންގައި ޝަހީދުވި މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޣައްޒާގައި 10،000 ފަލަސްތީނު ރައްޔިތުން ޝަހީދުވުމުގެ އިތުރުން ޔަހޫދީން ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް އިތުރު 152 މީހުން ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މިހާރު ވަނީ މަޖުބޫރުކުރުމުގެ ސަބަބުން ގެދޮރު ދޫކޮށް ގޮސްފައެވެ.

އދ.ގައި ހުންނަ ފަލަސްތީނުގެ މަންދޫބު، ރިޔާދް މަންސޫރް ވަނީ އިސްރާއީލުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވުމަށް އަމުރުކޮށް، އދ އިން ހަމަޖައްސާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެމެރިކާއިން ހުއްޓުވަން މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ރެޑްކްރެސެންޓުން ވަނީ ޣައްޒާގެ އަލް ޤުދުސް ހޮސްޕިޓަލުގެ ތެޔޮ 48 ގަޑިއިރުގެ ތެރޭގައި ހުސްވެދާނެ ކަމަށް ބުނެ އަވަސް އެހީއެއް ހޯދުމަށް ގޮވާލާފައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ނޫސްވެރިންނަށް ވާހަދައްކަވަމުން ވިދާޅުވީ ޣައްޒާ މިހާރު ދަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ވަމުން ކަމަށެވެ. އަދި އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *