ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައަކާއި ގުޅިގެން ހޯދާ މީހެއް

ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންވަނީ އެ ދެމީހުންގެ ވީޑިއޯ އެއް އާންމުކޮށް އެ ދެމީހުން ދެނެގަތުމަށް އާންމުންގެ އެހީއަށް އެދިފައެވެ.

އެ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވެ، އެދެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048  އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *