އިސްލާމީ މަރުކަޒު

ނޮވެމްބަރު 17 ގައި މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް އަސުރު ނަމާދާއި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދާ މީހުން މިސްކިތަށް ވަނުމަށް އިސްލާމީ މަރުކަޒުގެ ދެކުނުފަޅި، މެދުޒިޔާރަތްމަގު ކުރީގެ ދިރާގު މައި އޮފީސް ހުރި ފަޅިއާއި އިރުމަތީ ފަރާތު ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުންކުރުމަށް އިސްލާމިކް މިނިސްޓްރީ އަންގައިފިއެވެ.

މިނިސްޓްރީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނީ މިގޮތަށް އަމަލުކުރުމަށް ހަމަޖެއްސީ ކުރިޔަށް އޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިހާބުކުރެވިފައިވާ ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސްކަމުގެ މަޤާމަށް އިންތިހާބު ކުރެވިފައިވާ އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.

އެހެންކަމުން 17 ނޮވެމްބަރުވާ ހުކުރު ދުވަހު އަސުރު ނަމާދާއި، މަޣްރިބު ނަމާދަށް ދާ ފަރާތްތަކަށް އަމީރު އަހުމަދު މަގުން އިސްލާމީ މަރުކަޒަށް ވަދެވޭ ދޮރުތައް ބަންދުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *