ޒުވާނަކު ދުއްވި ސައިކަލަކުން, އެމްއެންޔޫ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒްގެ ގައިގައި ޖެހި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ސައިކަލު ދުއްވި ޒުވާނާއަށް އެއް އަހަރާއި ދިހަ މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ދައުވާ ކޮށްފައިވަނީ ރ. އިނގުރައިދޫ/ ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކުރޫގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ކުށަށް ޝަމްއާން އިއުތިރާފުވީއިރު، ދައުލަތާއި އޭނާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދައިފައިވެއެވެ.

އެ މައްސަލައަށް އޭނާ އިއުތިރާފުވެފައިވާތީ މައްސަލަ ނިންމައިފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި އަހަރުގެ ޖޫން 28 ވަނަ ދުވަހު ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *