ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު އިބްރާހީމް

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްޓާާޛު މުޙައްމަދު އިބްރާހިމް ސަސްޕެންޑް ކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރުމާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިޙުމާލުވެފައިވާ ކަމަށް ބުނެއެވެ. އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަޚްޤީޤަށް ސާބިތުވެފައިވާތީއެވެ.

މީގެ އިތުރުން އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމުގައިވާތީ، ޖޭއެސްސީގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް 2023 ނޮވެންބަރު 06 ވަނަ ދުވަހުން ފެށިގެން 02 ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން، ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *