ކެންދޫ ސްކޫލުގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ބ. ކެންދޫ ސްކޫލު އެއްދަންފަޅިއަށް ބަދަލުކޮށް ބަދަލުކޮށް ކިޔަވައިދޭން ފަށައިފިއެވެ.

ކެންދޫ ސްކޫލު އެއްދަންފަޅިއަކަށް ބަދަލުކޮށްފައިވަނީ ކެންދޫގައި އަލަށް ހުޅުވި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލާއެކުއެވެ. އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުންދާ، ކެންދޫ ސްކޫލުގައި 252 ދަރިވަރުން ދަނީ ތައުލީމުހާސިލް ކުރަމުންނެވެ.

މީޑިއާ އަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ސުކޫލު އެއްދަންފަޅިއަށް ބަދަލުކުރުމަކީ ވަށާޖެހޭ ތައުލީމެއްގެ ފެށުން ކަމަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ ފާހަގަކޮށްފައެވެ.

އަދި މީގެ އިތުރުން އެ ސްކޫލުގައި ސައިންސް ލެބް އެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *