އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމުނަސް ޖަލްސާތައް ކުރިއަށް ގެންދެވޭނެކަން މަޖިލިހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް އަންގަވާފައިވާ ކަމަށް މަޖިލިހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން، މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާއަށް އީވާ އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ އަންގަވާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު އަމީން އާންމު ވަނީ ހަމަ މި މައްސަލައިގައި އީވާއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އީވާގެ އެ އުޒުރު މަޖިލީހުގެ އިދާރާއިން ގަބޫލު ނުކުރާ ކަމަށެވެ. ޒިޔާއު ވިދާޅުވީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ މައިގަނޑު ދެ ކަމަކަށް ކަމަށެވެ.

އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ކުރާ ޖަލްސާއަކަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަން މަޖިލީހުގެ އިދާރާއަށް ލާޒިމް ވާނެ ކަމަށް ކަނޑައަޅައިދިނުމަށާ ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެހެންވީމާ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ތަފާތު ދެ ކަމެއް ކަމަށް މަޖިލީހުގެ އިދާރާއަށް ގަބޫލުކުރެވެނީ،"

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މައްސަލަ އެޖެންޑާ ކުރެވޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވަޑައިގަތުމަށް މަޖިލީހުގެ ނައިބު ރައީސްގެ އަރިހުން އަމީން އާންމުގެ ސިޓީގައި އެދިވަޑައިގެންފައިވާ ކަމަށް ޒިޔާއުއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *