ރައީސް އޮފީސް

2024 އަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައޮވާ ބަޖެޓުގައި ރައީސުލް ޖުމްހޫރިއްޔާ ކަްނ ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތުގެ ގޮތުގައި ޖުމްލަ 19.7 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ 2024 ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިނާޔާތްދިނުމަށް ބަޖެޓު ހިމަނާފައިވާއިރު އެންމެ ބޮޑު އިނާޔަތެއް ދެނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާއަށެވެ. އެގޮތުން އެންމެ ބޮޑު ފައިސާގެ އިނާޔާތެއް ލިބެނީ މައުމޫން އަބްދުލް ގައްޔޫމަށެވެ. އެގޮތުން އެ މަނިކުފާނަށް ނުވަ ލައްކަ ރުފިޔާ ދިނުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު ފައިސާގެ އިނާޔަތް ނުނަންގަވާނަމަވެސް ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަދި ރައީސް އިބްރާޙީމް މުހައްމަދު ޞާލިހްއަށް ފައިސާގެ އިނާޔަތުގެ ގޮތުގައި އަހަރަކު ދިނުމަށް ކަނޑައަޅާފައިވަނީ 6 ލައްކަ ރުފިޔާއެވެ.

އެހެނިހެން އިނާޔަތްތަކަށް ބަލާލާއިރު ކުރީގެ ރައީސުންނަށް ލިބޭ ލިވިންގ އެލަވަންސް ގޮތުގައި ކޮންމެ ރައީސަކަށް އަހަރަކަށް 6 ލައްކަ ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާއިރު ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާގެ ގޮތުގައި ކޮންމެ ރައީސަކަށް އަަހަރަކަށް 2.1 މިލިއަން ރުފިޔާ ދިމުނަށް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން ފަރުވާ ކުރުމަށް ދޭ ފައިސާގެ ގޮތުގައި ކޮންމެ ރައީސަކަށް އަަހަރަކަށް 7 ލައްކަ ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެއެވެ.

އަދި ޖުމްލަ އަދަދަށް ބަލާލާއިރު އެއީ ރައިސް މައުމޫން އަބްދުލް ޤައްޔޫމަށް އަހަރަކު 4.3 މިލިއަން ރުފިޔާ، ރައީސް މުޙައްމަދު ނަޝީދަށް އަހަރަކު 4 މިލިއަން ރުފިޔާ، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް އަހަރަކު 3.4 މިލިއަން ރުފިޔާ،ރައީސް އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމަށް އަހަރަކު 4 މިލިއަން ރުފިޔާ އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އަހަރަކު 4 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރު އަހަރުގެ ބަޖެޓުގައި މިކަމަށް ކަނޑައަޅާފައިވަނީ 10.4 މިލިއަން ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *