އޫރީދޫގެ 5ޖީ ފައިބަރ އިންޓަނެޓު ޕެކޭޖަށް އަޕްގުރޭޑު ކޮށްލައިގެން ޕެރިހަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އަލަށް އުރީދޫ 5ޖީގެ ހިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދޭ ރައުޓަރުން ވެސް 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް  އުރީދޫން ބުންޏެވެ.

އުރީދު އެއަރފައިބަރ ޕްލޭން އަޕްޑޭޓު ކޮށްލައިގެން ނުވަތަ އަލަށް 5ޖީ އެއާފައިބަރު ހިދުމަތް ހޯދަ ފަރާތްތަކަށް އޮޓަމެޓިކުން ބައިވެރިވެވޭ އެ ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ފްރާންސްގެ ޕެރިހަށް ގޮސް ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީއާއި ލިޔޯން ބައްދަލުކުރާ މެޗު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

މެޗު ބަލައިލުމުގެ އިތުރުން ނަސީބުވެރިޔާއަށް ޕެރިހުގައި ދެ ރެއާއި ތިން ދުވަހުގެ ފުލް ބޯޑު އެކޮމޮޑޭޝަނާއެކު ޕެރިހުގެ ދެކޮޅު ޓިކެޓު ލިބޭނެ އެވެ.

އެ ޕްރޮމޯޝަނަށް ހާއްސަކޮށް އުރީދޫއިން ވަނީ 5ޖީ އެއާފައިބަރ ކަސްޓަމަރުންނަށް ހާއްސަކޮށް 100 އެމްބީޕީއެސްގެ ސްޕީޑުގައި ހަފުތާއަކު 250 ޖީބީ ލިބޭ  ގޭމާސް ޕެކެއް ތައާރަފުކޮށްފަ އެވެ. ފަސް ގޭމަރުންނަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ އެ ޕެކުގެ އަގަކީ ވެސް 250ރ. އެވެ.

ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށް އުރީދޫއިން ތައާރަފުކުރި އެ ގޭމިން ޕެކު މެދުވެރިކޮށް ޕެކޭޖު އިންކުލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށްފަހު ވެސް އިންޓަނެޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އެ ޕްލޭނުގެ ދަށުން އުރީދޫ 5ޖީ އަދި 4ޖީ ނެޓުވޯކުގެ ހަލުވި ސްޕީޑުގައި ބޭނުންކުރާ ކަސްޓަމަރުންނަށް ހަފުތާއަކު 250ރ. ޓޮޕްއަޕުކޮށް މުޅި މަހަށް އެއް ޓީބީ ޑޭޓާ ލިބެ އެވެ.

އުރީދޫ އިން ބުނީ އެކުންފުނީގެ 5ޖީ ނެޓްވޯކުން މިހާރު މުޅި މާލެ ސަރަހައްދު ކަވަރުކޮށް، ހައި - ސްޕީޑްގައި އަދި އިންޓަނެޓް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މިހާރު މެދުކެނޑުމެއް ނެތް އިންޓަނެޓް ވަނީ ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން އަގުހެޔޮކޮށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދާދި ފަހުން އެ ކުންފުނިން ވަނީ 5ޖީ އެއާފައިބަރ ޕޯޓްފޯލިއޯއަށް ވަރުގަދަ އަޕްގްރޭޑްތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި އެކު ސްޕީޑްތައް އިތުރުކޮށްފައެވެ.

5ޖީ އެއާފައިބާގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާއި އެކު މި ހިދުމަތަކީ ވިޔަފާރިތަކާއި ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާ އާއި ގޭމް އަޕްޑޭޓް ކޮށް ސްޓްރީމްކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *