ޝިފާއު

ރާއްޖޭގެ ވަރިކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވާ އާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ލިސްޓް ދިގު ނަމަވެސް އެ ލިސްޓްގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކައެއް ނެތް ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝިފާއު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަން ހުރި ރައީސް މުއިއްޒު އިސްކަންދޭ ކަންކަމުގެ ލިސްޓް ވަރަށް ދިގުކަމަށާއި އެކަމަކު މިހާރު އިސްކަން ދޭ ލިސްޓުގައި ނެތީ ހަމައެކަނި ވައްކަމާއި ކަރަޕްޝަން ހުއްޓުވުން ކަމަށެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު ހަމަވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ. އެހެންނަމަވެސް ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމުގައި ބުނާ އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އަދި ރައީސް ޔާމީން ގެންދަވަނީ އެ ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޑރ. މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކޮށްދެއްވާފައިވާއިރު ކަރެކްޝަންސް އިން ވަނީ ރައީސް ޔާމީނަށް ބޮޑެތި ލުއިތަކެއްވެސް ދީފައެވެ. މިހާރު ވަނީ ބޭސް ފަރުވާއަށް ރަށު ބަންދަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް ޔާމީން ގެންދަވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *