ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހައްލު ހޯދުމަށް އެމްޑީޕީން ސްޕުރީމް ކޯޓަށް ދިޔައީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރަން މަގުފަހިކުރުމަށް ކަމަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، އިންތިހާބީ ރައީސް ހުވާކުރުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ވިސްނުމެއް އެމްޑީޕީން ނުގެންގުޅޭ ކަމަށާއި، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސްޕުރީމް ކޯޓަށް ހުށައެޅީ އިންތިހާބީ ރައީސް ހުވާކުރަން ޖެހޭ ތާރިހުގައި ހުވާކުރެވޭނެ ގޮތް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ.

އެގޮތުން ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އެމްޑީޕީން އެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

ރައީސް ސާލިޙުގެ އެދިވަޑައިގަތުމާއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ވިސްނުމަކީ އިންތިހާބީ ރައީސް މުޢިއްޒުގެ ސަރުކާރަށް އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *