1988 ވަނަ އަހަރު ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މި ނޮވެމްބަރު މަހު ޖަލުން މިނިވަންވާނެކަން ކަރެކްޝަންސްއިން ބުނެފިއެވެ.

ނޮވެމްބަރު 3އެއްގެ ހަމަލާއާއި ގުޅިގެން އެއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ވެރިކަމުގައި ލުތުފީއަށް ވަނީ މަރުގެ ހުކުމް އިއްވަވާފައެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު ތަކާއި އެއްގޮތުގެ މަތިން އޭނާއަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށްވާ 25 އަހަރަށް ބަދަލުކޮށްފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް ގެ އޮފިޝަލަކު ވިދާޅުވީ ނޮވެމްބަރު ތިނަކާ ގުޅިގެން ލުތުފީގެ މައްޗަށް ކުރި ހުކުމް މިދިޔަ ޖޫންމަހު ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ. އަދި ލުތުފީ މިހާރު ޖަލުގައި ތަންފީޒު ކުރަމުންދަނީ 2010 ވަނަ އަހަރު އޭނާ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ހުކުމް ކަމަށެވެ. އެ އޮފިޝަލު އިތުރަށް ވިދާޅުވީ ލުތުފީ ފިލި މައްސަލާގެ ހުކުމް ތަންފީޒުކޮށް ނިމޭނީ މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.

ނޮވެމްބަރު 3ގެ މައްސަލައިގައި ލުތުފީއާއެކު ޖަލަށް ލި ސަގަރު އަހުމަދު ނާސިރުވެސް ވަނީ 25 އަހަރުގެ ހުކުމެއް ތަންފީޒުކުރުމަށްފަހު ޖަލުން މިނިވަންވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *