ޕަލިބޫގެ ނަމުގައި މާލޭގައި ފައިވާން ފިހާރައެއް ހުޅުވައިފިއެވެ.
އެ ފިހާރަ ހުޅުވާފައިވަނީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ވެސް ހިދުމަތް ދިނުމުގެ އަމާޒުގައި ކަމަށް އެފިހާރައިން ބުނެފައިވާއިރު އެ ފިހާރައިގެ ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް ވެސްވެއެވެ.
ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ބައިވެރިވެވޭ އިރު، އަހަރެއްގެ މައްޗަށް ކުރާ ވިޔަފާރިއަށް ބިނާކޮށް ޑިސްކައުންޓު ލިބޭ އަދަދުތައް އިތުރުވުމާއި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.
އެ ފިހާރައިގެ އެންމެ މަތީ އަގުތައްވެސް 450 ރުފިޔާގައި ހިފަހައްޓާފައި ހުރުމުން އަތް ފޯރާ އަގުތަކުގައި ލިބެން ހުންނާނެކަމަށްވެސް ޕަލިބޫއިން ބުނެފައިވެއެވެ.
ފިހާރަ ހުޅުވުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާއިރު އެ ޕްރޮމޯޝަންގެ ދަށުން ޕަލިބޫއިން ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށް ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް އައިފޯނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.