ޕެރޯލް ގާނޫނާއި ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތް ހިންގަވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް އިންޒާރު ދީފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕުން މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީނަށް ދިން ލުއިތައް އުވާލާނެކަމުގެ އިންޒާރާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެއްޗެއް ނުބުނީ އެއީ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ ދަށުން ކަރެކްޝަންސްއިން ނެރުނު ބަޔާނަކަށް ވުމުން ކަމަށެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގޭ ބަންދަށް ބަދަލުކުރިއިރު ދާދިފަހުން ކަރެކްޝަންސް އިން ވަނީ ޔާމީން ރަށު ބަންދަށް ބަދަލުކޮށް އިތުރު ލުއިތަކެއް ދީފައެވެ.

ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޔާމީން ސިޔާސީ މަސައްކަތް ފެއްޓެވުމުން ކަރެކްޝަންސް އިން ބުނީ ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގުން ނުހިމެނޭ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ނުކުރަން ޔާމީނަށް އިންޒާރު ފޮނުއްވާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދުފުޅަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ. އެ މަނިކުފާނު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުން ކޯޓުތަކަށް އޮތް ނުފޫޒު ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *