ޝާހްރުކްހާންގެ ކާމިޔާބު 2 ފިލްމްކަމަށްވާ "ޕަތާން" އާއި "ޖަވާން" 500 ކްރޯރް ހޯދިފަދައިން ދެންއެންމެ އަވަހަށް ނިކުންނަ ފިލްމް "ޑަންކީ" ވެސް އެހާމެ ކާމިޔާބު ވާނެކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ރަތަން ޖައިން ބުނެފިއެވެ.

ރަތަން އަކީ ޝާހްރުކް ހާންގެ މަޝްހޫރު ފިލްމް ކަމަށްވާ ބާޒީގަރް ވެސް އުފެއްދި ޕްރޮޑިއުސަރެވެ. އަދި ޝާހުގެ މޮޅު ކުޅުމެއް ފެނިގެންދާ "ޖޯޝް" އާއި "ބާދްޝާހް" ވެސް އުފެއްދީ އޭނާއެވެ.

ޕްރޮޑިއުސަރު ބުނީ ބާޒީގަރް އުފެއްދި އިރު ޝާހްރުކްހާން އަކީ ބޮލީވުޑށް އެއިރު ވަރަށް އާތަރިއެއްކަމަށެވެ. އަދި އެ ރޯލަށް ރަތަން، ގިނަ އެކްޓަރުންނާ އިންޓާވިއު ކުރިނަމަވެސް ގިނަ ބަޔަކު ޖެހިލުންވީ ބާޒީގަރްގެ ލީޑް ރޯލަކީ އުނދަގޫ މަސައްކަތަކަށްވެފައި އެ ރޯލަށް އުންމީދު ކުރިވަރުގެ އެކްޓިންގްއެއް ނުދެއްކިދާނެ ނެތީކަމަށެވެ. ނަމަވެސް ޝާހްރުކްހާން އަށް ވަނީ މި ރޯލް ރަނގަލަށް ދެނެގަނެވިފައިކަމަށް ރަތަން ބުނެއެވެ.

އަދި ޖެހިލުމެއްނެތި ހާން ވަނީ އެ ރޯލް ގަބޫލްކޮށ އޭނާއަށް އެ ރޯލް އެހެން އެކްޓަރުންނަށް ވުރެއް ރަނގަޅަށް ކުޅެވޭނެކަމުގެ ޔަގީންކަން ދީފައެވެ. ޑައިރެކްޓަރު ބުނީ ކަން ދިމާވި ގޮތަކީވެސް އެއީ ކަމަށެވެ، އޭނާ ވަނީ ހީކުރި ފަދަ މޯޅު ހުނަރެއް ދައްކާފައިކަމަށެވެ.

ޕްރޮޑިއުސަރު ރަތަން ބުނީ ޝާހު އާއި އެކީ މަސައްކަތްކޮށްފައިވާ ހުރި ފިލްމެއް ވެސް ވަރަށް ކާމިޔާބު ކަމަށާއި އޭނާއަކީ މަސައްކަތުގައި ވަރުބަލިކަމެއް ނެތި ހީވާގިކަމާއި އެކު މަސައްކަތް ކުރާ ތޫނުފިލި ތަރިއެއްކަމަށެވެ. އެހެންކަމުން އޭނާ ވަނީ ޑަންކިން ވެސް އެހާމެ ކާމިޔާބު ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ޑަންކިންގެ ޓީސަރ އިން ގިނަ ސަޕޯޓަރުންގެ ޝައުގުވެރިކަން އަތުލާގަނެފައިވާއިރު މި ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 22 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *