ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމަތައް ހުއްޓުވައި، ޔަހޫދީންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން އދ.ގައި ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ، ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ އަސްކަރިއްޔާއިން ހިންގާ އަނިޔާވަރި އަމަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ އދ ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުންތަގްރީރުކުރައްވަމުން އދ.އަށް ކަނޑައަޅަފައި ހުންނަވާދާއިމީ މަންދޫބު ތިލްމީޛާ ޙުސައިން ވަނީ، ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދާ އަނިޔާތަކަކީ ޔަހޫދީން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްޠީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާ ފިއްތުންތަކުގެ ނަތީޖާއެއްކަމުގައި ސިފަކުރައްވާފައެވެ.

ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މަޢުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއްކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމަޢެއްގެ ތެދުވެރިކަމާ ނަޒާހާތްތެރިކަމާމެދުވެސް ތިލްތީޛާ ވަނީ ސުވާލުއުފައްދަވާފައެވެ.

މީގެ އިތުރުން ތިލްމީޛާގެ ވާހަކަފުޅުގައި، ސިއްޙީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި، ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، އަޅުކަންކުރާ ތަންތަނުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔަހޫދީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަން ހާމަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *