މާލެ ސަރަހައްދުގައި ސިފައިން ހަތިޔާރާއި އެކު އަސްކަރީ ތަމްރީންތަކެއް ހިންގަން ފަށައިފިއެވެ.

ޑިފެންސް މިނިސްޓރީން މައުލޫމާތު ދިން ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީންތަކެއް ނޮވެމްބަރު 01 އިން 05 އަށް މާލެ ސަރަހައްދުގައި ހިންގާނެކަމަށް ބުނެއެވެ.

މި ތަމުރީނުތައް ކުރިއަށްދާނެ ސަރަހައްދުތަކަކީ މާލެ، ހުޅުމާލެ ފޭސް1 އަދި ފޭސް2، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދު ކަމަށް ޑިފެންސް މިނިސްޓރީން ބުނެއެވެ.

ޑިފެންސް މިނިސްޓްރީން އިތުރަށް ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *