ޑޭޕިއުޓީ މޭޔަރު ނަރީޝް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެ ދާއިރާއަށް ވާދަ ނުކުރެއްވުމަށް ނިންމަވައިފިއެވެ.

ނަރީޝް އެ ގޮތަށް ނިންމެވީ އެ ދާއިރާގެ ރައްޔިތުން ބޭނުންވަނީ ކުޅުދުއްފުށީ މީހަކު އިންތިހާބު ކުރުމަށް ކަމަށް އެ ރައްޔިތުން ބުނެފައިވާތީއެވެ.

ނަރީޝް ވިދާޅުވީ އޭނާ މިހާތަނަށް ކުރެއްވި މަސައްކަތުން، ކުޅުދުއްފުށީގެ ރޫޙު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ކަމަށާއި، ރަށު ދަރުއެއް ރަށަށް އިންތިހާބު ކުރުމުގެ ރޫހު އެދާއިރާގައި ވަރަށް ބޮޑުކަން ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް/ފީއެންސީގެ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ޓީމެއްގެ ގޮތުގައި އޭނާއަށް ތާއީދު ހޯއްދަވާދެއްވުަމށް ކުޅުދުއްފުށިން މަސައްކަތްކުރެއްވި ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *