ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

ރައްޔިތުންގެ މަޖިލީުގެ ރައީސް މުހައްމަދު ނަޝީދުގެ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް ވިދާޅުވީ ކުރީގެ ރައީސުންގެ ތެރެއިން ދައުރު ފުރިހަމަ ނުކުރައްވާ ބޭފުޅުން ނަންގަވާ އިނާޔާތްތައް މުޅިން ކަނޑާލަން ޖެހޭ ކަމަށެވެ. އިކްރާމް މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިަޔށ ްނުގެންދެވިގެން އެމްޑީޕީގެ މެންބަރުން ހިިތްހަމަނުޖެހިފައިވާ ދަނޑީވަޅެއްގައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ތިން ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާތަކަށް މަޖިލީހުގެ ނައިބު ރައީސް އިވާ އަބުދުﷲ އަށް ވަޑައިނުގެންނެވޭތީ އެ މައްސަލަ ކުރިަޔށް ގެންދެވޭ ގޮތެއް ނުވިއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިަޔށް ގެންދާނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *