ވިނަރެސް ފްލެޓްތައް، މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް - ފޮޓޯ: ރައީސް އޮފީސް

ވިނަރެސް މަޝްރޫއުއިން ފްލެޓްތަކުގެ ތެރެއިން ނުވިކި ބާކީ ހުރި ފްލެޓްތައް ގަތުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ވިނަރެސް ފްލެޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާނީ 5 ނޮވެމްބަރުގައެވެ.

އާބަންކޯއިން މި ފުރުސަތު ހުޅުވާލާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭ ގޮތަށެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 3:00 އާއި ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ވިނަރެސް ފްލެޓްތަކުގެ ތެރެއިން ވިއްކަން ކަނޑައަޅާފައިވާ އެޕާޓްމެންޓްތައް ހުސްވަންދެން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ވިނަރެސް އިން ވިއްކަން ކަޑައަޅާފައިވަނީ 15 ސެޕްޓެމްބަރުގެ ނިޔަލަށް ވިއްކުމަށްފަހު ބާކީ ހުރި ފްލެޓްތަކާއި ފުލެޓް ގަތުމަށް ފޯމު ހުޑަހެޅި ފަރާތްތަކުގެ ތެރެއިން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާތީ ބާތިލުކޮށްފައިވާ ފޯމުތަކާއި ގުޅިގެން ނުވިކި ހުރި ފްލެޓްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *