ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ދިޔަރެސް ނޫހުގައި ފެނަކައާ ގުޅޭގޮތުން ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ ކުންފުނީގެ ކާމިޔާބުތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް މުވައްޒަފުންގެ އަގު ވައްޓާލުމަށް ރާވައިގެން ކުރާ ކަމެއް ކަމަށް ފެނަކަ ކޯޕޮރޭޝަން އިން ބުނެފިއެވެ.

ދިޔަރެސް ނޫހުން "ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތް ކުރާ ކޮރަަޕްޝަނެއް" މި ސުރުހީގެ ދަށުން ނޮވެންބަރު 1 އެއްގައި އާންމުކޮށްފައިވާ ހަބަރަކާ ގުޅިގެން އެކަން ސާފުކޮށްދިނުމުގެ ގޮތުން ފެނަކައިން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.

ފެނަކައިން ބުނީ އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަން ޖެހޭ ތަކެތި، ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރެވެމުންދާ މަސައްކަތްތެއް ކަމަށެވެ.

ކުންފުނީގެ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ، ދުވަހުން ދުވަހަށް ހޯދަން ޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަންގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ އެ ކުންފުނި ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭ ސަބަބެއް ކަމަށް އެ ކުންފުނިން ނުދެކޭ  ކަމަށެވެ. އެހެންކަމުން ކުންފުނިން ހިންގޭ އެއްވެސް މުއާމަލާތެއްގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ އެއްވެސް އަމަލެއްް ހިންގަމުން ނުދާނެކަމުގެ ޔަގީންކަން ކަށަވަރުކޮށްފަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކައިން ވަނީ މީޑިއާތަކުން ރައްޔިތުންނަށް އޮޅޭގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *