މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އެ ކުންފުނީގެ އައު ލޯގޯ ތައާރަފްކޮށްފިއެވެ.

މިފްކޯގައި ޒަމާނުއްސުރެއް ބޭނުން ކުރަމުން އައި ލޯގޯގެ ބަދަލުގައި މި އައު ލޯގޯ ތައާރަފްކޮށް ބޭނުން ކުރަން ފެށީ ބުދަދުވަހުން ފެށިގެންނެވެ. އެ ކުންފުނިން ލޯގޯ ބަދަލުކޮށްފައި މިވަނީ 30 އަހަރު ފުރުމާއި ގުޅިގެންނެވެ.

މިފްކޯއިން ބުނީ އައު ލޯގޯ ފަރުމާކުރީ ފަންނީ ތަޖުރިބާކާރުންގެ އެހީގައި ކަމަށާއި މި ލޯގޯގައި ވަނީ މިފްކޯގެ ނަން ރަމްޒުކޮށްދޭ ތާނަ އަކުރުތައް ކަމަށެވެ. މިފްކޯއިން ބުނީ އަކުރުތަކުގެ ޑިޒައިންތައް ހުރީ މަސްތައް ސިފަކޮށްދޭ ކަހަލަ ގޮތަކަށްކަމަށެވެ.

މިފްކޯ އުފެއްދީ ނޮވެމްބަރު 1، 1993 ގައި ކަމަށްވާއިރު، ދިވެހި މަސްވެރިންކަން ކުރިއަރުވަން ހާއްސަކޮށްގެން އުފެއްދި މި ކުންފުންޏަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މިފްކޯ ބަނގުރޫޓޫވެ ހިންގަން ދަތިވުމުން ސަރުކާރުން ވަނީ އެ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން މިފްކޯގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް އާމްދަނީ ރަނގަޅު ކުންފުންޏަކަށް ހެދުމަށް ދައުލަތުން މިފްކޯއަށް ބޮޑު ހޭދައެއް ކޮށްފައިވެއެވެ. އަދި މަސްކިރާ ބޯޓުފަހަރާއި މަސް ޕްރޮސެސް ކުރާ ފެކްޓީތަކަށް ބޭނުންވާ ބައެއް ވަސީލަތްތައްވެސް މި ސަރުކާރުން ހޯދައިދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *