ޢަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެސްކޫލްގެ ޕްރިންސިޕަލުގެ މަގާމުން އެހެން މަޤާމަކަށް ބަދަލުކުރީ ގޯސްކޮށްކަމަށް ނިންމައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ނިންމައިފިއެވެ.

2022 ވަނަ އަހަރު ނޮވެމްބަރު މަހު އަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭނާ މަގާމުން ބަދަލުކުރީ ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން ކަމަށެވެ.

ޝުޖާއުގެ މިމައްސަލަ ބެއްލެވި ވަކީލު އަލީ ސައީދު ވިދާޅުވީ, ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ބަދަލުކުރީ ގޯސްކޮށް ކަމަށާއި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ނިންމާފައިވާކަމަށެވެ.

ބައެއް މީޑިއާތަކާ މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލުންކަމުން އެންއައިއީއަށް ބަދަލުކުރުމުން ބައެއް ގްރޭޑްތަކުގެ އިސްލާމް މާއްދާއާއި ޤުރުއާން މާއްދާ ފޮތްތައް ޕްރޫފް ރީޑް ކުރުމުގެ މަސައްކަތް އޭނާއާއި ހަވާލުކުރިކަމަށެވެ. އަދި ވަޒީފާ ބަދަލުކުރި މައްސަލާގައި އެކަން ކޮށްފައިވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށްކަމުން 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޓްރިބިއުނަލުން އަންގާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 އަހަރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *