އެންޓި-ކޮރަޕްޝަން ކޮމިޝަން

މި ދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވަނީ އެކަމާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ ތަޙްޤީގުތައް ކުރިއަށްގެންދާތީ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަދި އެފަދަ ކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލައިގައި ހިމެނޭ ތުހުމަތުތަކަށް ބަލާ، އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހްމާލު އޮންނާތީ ކަމަށް އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި މިގޮތަށް އަންގާ އެންގުމަކީ، ވަގުތީގޮތުން އަންގާ އެންގުންތަކެއް ކަމަށާއި، ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ، އެ ބަދަލު ކޮމިޝަނުން ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަށް އެކަން އަންގަމުންގެންދާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް، އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައި ނުވާނެ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދިި ކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަޙުޤީގުތައް ވީހާވެސް އަވަހަށް ނިންމުމަށް، ކޮމިޝަނުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުންގެންދާކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *