އެމްޓީސީސީ ގެ "ކަށަވަރު ޕްރޮމޯ" މިއަދު އިފްތިތާޙު ކޮށްފިއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ އިފްތިތާހް ކޮށްދެއްވީ މި ޕްރޮމޯޝަން އިފްތިތާޙުކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ.

މިއަދު އިފްތިތާޙު ކުރެވުނު ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި، ސްޓަރން އައިޓަމްސްއާއި، ސްކޮޓް ބޭޑަރ ރެސިން އާއި، ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި، ޔަންމާ ޖެންސެޓްސްއާއި، ސްޕެއާރ ޕާރޓްސްއާއި،
އެކްސަސަރީޒްއާއި، އިންޑަސްޓްރިއަލް ގޭހާއި، މެރޯލް އަދި ލުބްރިކަންޓްސްއެވެ.

މި ފްރޮމޯޝަންގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި، ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ.

2023 "ކަށަވަރު ޕްރޮމޯ" އަމާޒުކޮށްފައިވާނީ ފަތުރުވެރިކަމާއި އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނޭރުންނާއި، އަދި ދާއިރާ ޓްރާންސްޕޯޓް ގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރު ސަރަޙައްދު، ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓް، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ، ތ. ތިމަރަފުށި، ތ. ދިޔަމިގިލި، ދ. ކުޑަހުވަދޫ، ކ. މާފުށި، ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި މި ތަންތަނަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް މި ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ގެންދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *