ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އާބަންކޯއިން ނޮވެންބަރު 3ގައި ފަންޑް ރައިސިންގް އިވެންޓެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އާބަންކޯއިން ބުނީ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ވާ ހުކުރު ދުވަހު ހަވިރު 4:00 ކުން 6:00 ކަށް އަދި ރޭގަނޑު 8:00 ކުން 10:00 ކަށް ސެންޓްރަލް ޕާކުގައި ކަމަށެވެ. އެ ކުންފުނިން ބުނީ މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެކަމަށެވެ.

އަދި މި އިވެންޓްގައި ކުރިއަށްގެންދާ ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދެވިގެންދާނެކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރުން އާބަންކޯއިން އެދި އިލްތިމާސްކުރަނީ ވީހާވެސް ގިނަ ރައްޔިތުން މި އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމަށްކަމަށް އެ ކުންފުނުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *