އަހަރުގެ މެދު ތެރެއިން ފެށިގެން ބޭނުންޖެހޭ މީހުންނަށް އެކަނި ސަބްސިޑީ ދޭން ފަށަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އިންޑައިރެކްޓް ސަބްސިޑީގެ ހަރަދަކީ އަންނަ އަހަރާއި މެދު ތެރޭގައި އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ހަރަދުކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 49.5 ބިލިއަން ރުފިޔާގެ ލަފާކޮށްފައިވާ ބަޖެޓުގައި ހާމަކޮށްފައިވެއެވެ.

އެގޮތުން އިންޑައިރެކްޓް ސަބްސިޑީ ރިފޯމުކުރުމުން ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ، ކާޑުގެ ސަބްސިޑީ އަދި ނަރުދަމާގެ ސަބްސިޑީގެ ހަރަދު އަންނަ އަހަރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަށްވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން 2025 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓުން ދޭން ރާވާފައިވާ އިންޑައިރެކްޓް ސަބްސިޑީތަކަކީ ޓްރާންސްޕޯޓް ސަބްސިޑީ، މަސްވެރިންނަށްދޭ ސަބްސިޑީ އަދި ކުނި މެނޭޖްކުރުމަށްދޭ ސަބްސިޑީކަމަށް މައުލޫމާތު ލިބެއެވެ. އަދި ސިޔާސަތަށް ބަދަލު ގެންނަން 2.2 ބިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، އެ ފިޔަވަޅުތައް ނާޅައިފި ނަމަ، ސަބްސިޑީއަށް 3.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.

ދައުލަތުގެ ސަބްސިޑީތައް ޓާގެޓް ކުރަން ފެށުމުން އަންނަ އަހަރުގެ އިންފްލެޝަން ނުވަތަ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އެވްރެޖްކޮށް 3.9 ޕަސެންޓުން އުފުލޭނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *