ހިޔާ ފްލެޓް -- ފޮޓޯ: ޖަޒީރާ

ލަފާ ކުރާ 200 މިލިއަން ރުފިޔާގެ ބަޖެޓް ހިމަނައިގެން އަންނަ 2024 ވަނަ އަހަރު ހިޔާ ފްލެޓުތަކުގެ ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކުރުމަށް ކަނޑައަޅައިފިއެވެ.

ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ލަފާކޮށްފައިވާ ބަޖެޓް ފޮތުގައިވާ ގޮތުން ހިޔާ ފްލެޓަށް ލިފްޓް އިތުރުކުރަން ހިމަނާފައިވަނީ ހާއްސަ ބަޖެޓުގެ ދަށުންނެވެ. އެގޮތުން ހިޔާ ފްލެޓަށް ލިފްޓް އިތުރުކުރުން ހިމަނާފައިވަނީ އައު ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ތެރޭގައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓަށް ލިފްޓް އިތުރު ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް ދޭއްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ކަމަށާއި އޭގެ ތެރެއިން އެއް ލިފްޓަކީ ބަލި މީހުން އުފުލާ ސްޓެރެޗާ އެރުވޭ ވަރުގެ ލިފްޓެއް ކަމަށް ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *