ބަޖެޓް 2023

2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އިގުތިސާދީ ދުވެލި މަޑުޖެހޭނެކަމަށް އަންދާޒާކުރެވޭ ކަމަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތުގައި ބުނެފިއެވެ.

ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމަށްފަހު، 2022 ވަނަ އަހަރުގެ ތެރޭގައި އިގުތިސާދު 13.9 އިންސައްތައިން ކުރިއަރައި، އެ އަހަރު ނިމުނުއިރު ރާއްޖޭގެ އިގުތިސާު ކޮވިޑުގެ ކުރިން ހުރި މިންވަރަށް އިއާދަވެފައިވާ ކަމަށް، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފޮތުގައި ވަނީ ބުނެފައެވެ.

އިގްތިސާދު ދައްވާނެ ކަމުގެ މައިގަނޑު ސަބަބަކީ ޔޫރަޕުގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށްވެފައިވުމާއި، ޔޫރަޕުގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމާއެކު އަންނަ އަހަރު ޔޫރަޕުގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވޭތުވެދިޔަ ދެ އަހަރު އިތުރުވި މިންވަރަށް ކުރިއަރާނެކަމަށް ނުބެލެވޭތީ ކަމަށްވެސް ބަޖެޓް ފޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އިގުތިސާދީ ދުވެލި މަޑުޖެހުނު ކަމުގައިވީ ނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓުގެ މަސައްކަތް ނިމި އޮޕަރޭޓުކުރަން ފެށުމުން، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން ހަލުވިވެ، 8.6 އިންސައްތައިން ކުރިއަރާނެކަމަށް ބެލެވޭ ކަން ބަޖެޓް ފޮތުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި 2024 ވަނަ އަހަރުގެ ތެރޭގައި އިގުތިސާދަށް އަންނަ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރާނެކަމަށް ބެލެވެނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއަށް އަންނަ ކުރިއެރުން ކަމަށްވެސް ބަޖެޓު ފޮތުގައި ވަނީ ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *