ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ޖަލްސާއަށް ހުރަސް ނާޅުއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް  ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އިންތިހާބީ ރައީސްގެ ހުވައާއި ބެހޭ ގޮތުން ރައީސް ސޯލިހު އާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި  ޑރ . މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާއަށް ހުރަސް ނޭޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައާއި މެދު ގޮތެއް ނުނިންމާ ޑރ. މުއިއްޒު ހުވާކުރެއްވުމަށް ޖަލްސާ ބާއްވައިފިނަމަ އެއީ ގަވާއިދާއި ހިލާފު ޖަލްސާއަކަށް ވާނެ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ ގޮތަށް، ހުވާކުރައްވާ ޖަލްސާ ނުހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުންވެސް ބޭނުންވަނީ ނަޝީދުގެ މައްސަލަ އަވަހަށް ނިންމަންކަން ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ ހުވާކުރައްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ނަޝީދު ކަމަށްވާނަމަ އެ ޖަލްސާއަށް ވަޑައިނުގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އެފަދަ ޖަލްސާއެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 55 މެންބަރުން ނުހިމަނާ ކޯރަމްވެސް ހަމަ ނުވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *