މ. މުލި އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރަންވޭގެ މަސައްކަތްތައް ނިންމާއި މިހާރު ކުރަމުންދަނީ ޓަރމިނަލްގެ އެންމެ ފަހުގެ މަސައްކަތްތައްކަމަަށެވެ.

މި ޕްރޮޖެކްޓް ކުރިއަށްދާގޮތުގެ މަޢުލޫމާތު ބައެއް މީޑިއާތަކާއި ހިއްސާ ކުރައްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު ވިދާޅުވީ، އެއަރޕޯޓްގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަބޫބަކުރު ވިދާޅުވީ ރަންވޭއާއި، ޓެކްސީ ވޭ އަދި ޓަރމިނަލް ކުރިމަތިން އޮންނަ ސަރަޙައްދާއި މަގުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައިކަމަށެވެ. މީގެ އިތުރުން ފަޔަރަ ބިލްޑިންގެ ކޮންސްޓްރަކްޝަން މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަބޫބަކުރު ވިދާޅުވީ ޓަރމިނަލްގެ ފަރުމާ ސިފަވާވަރަށް މަސައްކަތްތައް ވަނީ ނިމިފައިކަމަށެވެ.

މުލި އެއަރޕޯޓް ތަރައްޤީކުރަނީ އެރަށުގައި 2018ވަނަ އަހަރު ހިއްކި ސަރަޙައްދަށް، ބިން އިތުރުކޮށްގެންކަމަށްވާއިރު ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަނީ އެމްޓީސީސީންނެވެ.

މ. މުލީގައި ތަރައްޤީކުރާ މީމު އެއަރޕޯޓަކީ އެ އަތޮޅުތަކުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *