ފިނޭންސް މިނިސްޓްރީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފިއެވެ.

2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް 30 އޮކްޓޫބަރު 2020 ވީ ހޯމަ ދުވަހު ހުށަހަޅާފައިވާ  ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0/2009) އަދި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 7/2000)
އާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާ ގުޅޭ ތަފުސީލު ވެސް އެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަދި ބަޖެޓާއި ގުޅޭ އިތުރު މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާނާއެކު މީޑިއާ އަދި އާންމު ފަރުދުންނާއި ހިއްސާކުރާނެ  ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *