ފަލަސްތީންގެ ޤުދުސް ހޮސްޕިޓަލް ކައިރިއަށް އިޒްރޭލުން ވައިގެ މަގުން ހަމަލާ ދެމުން ގެންދާތީ އާންމުންނާއި ސިއްހީ މުވައްޒަފުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ފަލަސްތީންގެ ރެޑްކްރެސެންޓް ޖަމިއްޔާއިން ބުނެފިއެވެ.

ޤުދުސް ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ކައިރީ ބޮމުގެ ހަމަލާ ދީފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓާލުމުގެ ގޮވާލުންތަކަށް ދެކޮޅު ހަދާފައެވެ.

މިއަދުގެ ވަގުތެއްގައި ތުރުކީ- ފަލަސްތީނ ފްރެންޑްޝިޕް ހޮސްޕިޓަލަށް ހަމަލާދީ އެތައްބަޔަކަށް ޒަހަމްތަކެއް ލިބުންތާ ގަޑިއިރުތަކެއް ފަހުން ޣައްޒާގައި ހުންނަ އިންޑޯނޭޝިއާ ހޮސްޕިޓަލު ކައިރިއަށް ތިން ވަނަ ހަމަލާއެއް ދިން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން ޣައްޒާގެ ޔޫރޯޕިއަން ހޮސްޕިޓަލް ހިމެނޭ ސަރަހައްދަށްވެސް ވައިގެ މަގުން ހަމަލާ ދިންކަމުގެ ރިޕޯޓް ކުރެވިފައިވެއެވެ.

ދުވާލެއްގެ މައްޗަށް ޣައްޒާގައި 420 އަށް ވުރެއް ގިނަ ކުޑަ ކުދިން ޝަހީދުވެ ނުވަތަ ޒަހަމް ވެގެންދާކަމަށް ޔުނިސެފްއިން އިންޒާރު ދިނުމާއިއެކު ހަނގުރާމަ ހުއްޓާލުމަށް އދ ގެ އޮފިޝަލުން މިއަދު ވަނީ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.

އިޒްރޭލުން ހަނގުރާމަ އިއުލާން ކުރިތާ 3 ހަފްތާ ވެފައިވާއިރު، އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 8،306 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *