އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އާއި ހަވާލުވުން ކަމަށް ވިދާޅުވެ، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހު ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހައްދަވައިފިއެވެ.

އިއްޔެ ބައިނަލްއަގްވާމީ މީޑިއާތަކާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަކީ ހަމާސް އާއި ހަވާލުވުން ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލަން ގޮވާލާ ގޮވާލުންތަކަކީ އިޒްރޭލުން ހަމާސް އާއި އަމިއްލައަށް ހަވާލުމަށް ގޮވާލާ ގޮވާލުންތަކެއް ކަމަށާއި، ޓެރިޒމް އާއި ހަވާލުވުމަށް ގޮވާލުން ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

އެކަމެއް ނުވާނެ، މި ހަނގުރާމައިންމިޅުވަންދެން އިޒްރޭލުން މި ހަނގުރާމަ ކުރާނެ ކަމަށް ވައުދުވަން."

އިޒްރޭލުގެ އެކުވެރި އެމެރިކާއިން ވަނީ މި ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ. އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާއެއްގެ ރައްދުގައި އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވައިގެ މަގުން ޣައްޒާއަށް ބޮން އަޅާ 8،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އަދި އެއްގަމު މަގުންވެސް ހަމަލާތައް ދޭން ފަށާފައިވާއިރު 2.4 މިލިއަން މީހުންގެ އާބާދީ އޮންނަ ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ބިރުވެރިކަން އިތުރުވެފައިވާއިރު އިޒްރޭލު ސިފައިން ދަނީ އިންސާނީ އެހީ ފޯރުކޯށްދޭ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަސައްކަތަށްވެސް ހުރަސް އަޅަމުންނެވެ.

ކާނާ އާއި ބޭހާ ތެލާއި ބޯފެނާއި ބޯހިޔާވަހިކަމުން ފަލަސްތީނުގެ އަރަބިން މަހްރޫމުކޮށްފައިވާއިރު އދ އިން ވެސް ވަނީ ޣައްޒާގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް އެކަށީގެންވާ އެހީ ނުލިބޭކަމަށް ބުނެ އދ އިން ވަނީ އެހީ ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *