ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ - ފޮޓޯ: އޭޕީ
ވޭތުވެދިޔަ ސީޒަނުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާގެ މަގާމު އަށް ވަނަ ފަހަރަށް ހޯދާ ބެލޮންޑިއޯ އެވޯޑް އާޖެންޑީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ.
މިދިޔަ ޖުލައި މަހު އިންޓަ މިއާމީއާ ގުޅުނު މެސީ ވެގެންދަނީ މެޖަރ ލީގު ސޮކާގައި މި ކުޅިވަރުގައި އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑް ހޯދި ފުރަތަމަ އެކްޓިވް ކުޅުންތެރިޔާ އަށެވެ. މެސީގެ ގޯލް ޖެހުމުގެ ކުޅަދާނަކަމުން އޮގަސްޓް މަހު ލީގްސް ކަޕް ފައިނަލުގައި މިއާމީއަށް ފުރަތަމަ ތަށި ހޯދައިދިން ނަމަވެސް، އެ ކާމިޔާބީތައް ލިބުނީ ބެލޮންޑިއޯ ވޯޓިންގެ އާ ޓައިމް ފްރޭމް އެކުލަވާލާ ޔޫރަޕްގެ ކްލަބް ސީޒަން ނިމުމުންނެވެ.
އޭނާގެ ކުރީގެ ކްލަބް ޕެރިސް ސެއިންޓް ޖާމައިންގައި އާޖެންޓީނާގެ ސުޕަސްޓާ 2022-23 ވަނަ އަހަރުގެ މޮޅު ސީޒަނެއް ހޭދަކުރި ނަމަވެސް، މިދިޔަ އަހަރު މެސީގެ އުފަން ގައުމު އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މެސީ ދެއްކި ލީޑަޝިޕްގެ ފަހަތުން މިއަހަރު ބެލޮންޑި އެވޯޑު ލިބޭނެ ކަމަށް ބެލެވުނު އާލިންގް ހާލަންޑް ފަހަތަށް ޖައްސާލާ މެސީ ވަނީ އެ މާގާމު ދިފާއުކޮށްގައެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ހާލަންޑް އެވެ. ތިން ވަނައިގައި ޕީއެސްޖީގެ ކައިލިއަން އެމްބާޕޭ އެވެ. ހަތަރު ވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޫއިން އެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *