ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އިންޑިއާއިން ފިޔާ ލިބުން ދަތިވެ، ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކާ އަގު 400 ރުފިޔާއަށް އުފުލިއްޖެއެވެ.

މި އަހަރުގެ މެދުތެރެއިން ފެށިގެން އިންޑިއާއިން ފިޔާ ލިބުން ވަނީ ދަތިވެފައެވެ. އެކަމާއި ގުޅިގެން ކުރިން 15 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއް މިހާރު ވިއްކަމުންދަނީ 18 ރުފިޔާއަށެވެ.

އެ އަގު 25 ރުފިޔާއަށް އުފުލިދާނެ ކަމަށްވެސް ފިޔާ ހޯލްސޭލްކުރާ ބައެއް ފިހާރަތަކުން މަޢުލޫމާތުދެއެވެ.

ހޯލްސޭލް ފިހާރަތަކުން 25 ކިލޯގެ ފިޔާ ބަސްތާއެއް މިހާރު ވިއްކަމުންދަނީ 350 އާއި 395 ރުފިޔާއާ ދޭތެރޭގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިޔާ ބަސްތާއެއްގެ އަގު 400 އާއި 450 ރުފިޔާއާ ދޭތެރޭގެ އަގެއްގައިވެސް ވިއްކަން ޖެހިދާނެ ކަމަށް  ފިހާތަކުން  ދަނީ  ބުނަމުންނެވެ. 

ހޯލްސޭލް ފިހާރަތަކުން ފިޔާ އަގުބޮޑުކޮށް ވިއްކަމުންދިޔަ ނަމަވެސް އެސްޓީއޯއިން އަދިވެސް ފިޔާ ވިއްކަމުންދަނީ 18 ރުފިޔާއަށެވެ.

އެސްޓީއޯގެ އޮފިޝަލަކު މީޑިއާއަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، މިހާރު ބާޒާރުމަތީގައި ފިޔާގެ އަގު އުފުލެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ހަފުތާއެއްހާ ދުވަހަށް އެކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު އެ އަގު ކޮންޓްރޯލް ކުރުމަށް، އެ ކުންފުނިން ރާއްޖެއަށް ފިޔާ އެތެރެކޮށް ވިއްކަން ފަށާނެ ކަމަށް ވެސް  އެސްޓީއޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *